ކެނެޑާގެ ބޮޑު ވަޒީރުގެ ފަރާތުން ކޮމަންވެލްތް ކަނޑައަޅުއްވާފައިވާ ހުންނަވާ ސްޕެޝަލް އެންވޯއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

CHR_0233

ކެނެޑާގެ ބޮޑު ވަޒީރުގެ ފަރާތުން ކޮމަންވެލްތަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސްޕެޝަލް އެންވޯއި، ސެނެޓަރ ހިއުގް ސެގަލް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު ނާޒިމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލިސްކުރާގޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުން މި ދައުރުގައި ފާސްކުރެއްވި މުހިންމު ބިލްތަކާއި ގުޅޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަޝްރަޙްއާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.