އިމްތިޔާޒު ކޮމިޓީ ގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު އިމްތިޔާޒު ކޮމިޓީ ގެ މިއަހަރުގެ 4 ވަނަ ބައްދަލުވުމުގައި، 2012 ވަނަ އަހަރުގެ ނޮވެމްބަރމަހު ރާއްޖެއަށް ޒިޔާރަތްކުރެއްވި އިންޓަރ-ޕާލިމެންޓްރީ ޔޫނިއަން ގެ ވަފުދުން ތައްޔާރުކުރެއްވި އައި.ޕީ.ޔޫގެ ރިޕޯޓަށް އެއްވެސް ކޮމެންޓް އެއް އޮތްތޯބެއްލެވުމަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ގޮތުން މަޝްވަރާކުރައްވައި ނިންމެވީ ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި ރިޕޯޓަށް އެއްވެސް ކޮމެންޓް އެއް ވާނަމަ ކޮމެންޓް ހުށަހެޅުއްވުމަށެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.