ޢާންމު ކޮމިޓީގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

DSC_0398މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވް ކުރުމަށް ދި.އެފް އެމް.އަށް ދޫކުރައްވާފައިވާ ފީޑް މަޖިލީހުން ކަނޑުއްވާލައިފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އަލުން އެ އެފީޑް ލިބިފައިނުވާ ކަމަށް ބުނެ ދި.އެފް.އެމް އިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަށް ހުށަހަޅާފައިވާ މައްސަލަ ހިގާދިޔަގޮތް ބަލާދިނުމަށްއެދި އެ ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައާއި މެދު މަޝްވަރާކުރަށްވާފައިވެއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި، މިހާރު ކޮމިޓީގައިވާ ގަވާއިދުތަށް ނިމެންދެން އެހެން ޗެނަލްތަކަށް ދޫކޮށްފައިވާ އުސޫލުން ދި.އެފް.އެމް އަށް ލައިވް ފީޑް ދޫކުރުމަށް ހުށަހެޅި ތާޢީދުލިބިފައިވެއެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް މީޑީއާތަކާ މަޖިލީހާއި ދެމެދު  ހެދިފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާތީ އެއެއްބަސްވުންތައް އަލުން ރިވިއު ކުރަމުންދާކަމަށް 19 ޑިސެމްބަރ 2012 ވަނަ ދުވަހު ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްއަށް ދެންނެވުމަށް ކޮމިޓީން ނިންމަވާފައިވާ ނިންމުމާ ގުޅިގެން، އެއްއުޞޫލުން މިމައްސަލަ ކުރިއަށް ގެންދަވައި ނިންމުމަށް، ކޮމިޓީގެ މެންބަރުންގެ ފަރާތުން މުޤައްރިރު އެދިވަޑައިގެންފައިވެއެވެ.

      މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒްއެވެ.