ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާ ނިންމަވާލައްވައިފި

އިއްޔެ ފެށުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާ މިއަދު ނިންމަވާލައްވައިފިއެވެ.

އިއްޔެ ފެށުނު މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަސްދީޤު ކުރެއްވުމަށްޓަކައި ފޮނުވުނު ސިޔާސީ ޕާޓީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރު ތަކުގެ ބިލު ތަސްދީޤުކުރެއްވުން ލަސްވުމާގުޅިގެން މަޖިލީހުގައި ނެގުނު ނިޒާމީ ނުކުތާތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލެވިފައި އޮތުމަށްފަހު މިއަދުގެ ހެނދުނު 09:00 ގައި ޖަލްސާ ވަނީ ކުރިއަށް ގެންދަވަން ފަށްޓަވާފައެވެ.

އެހެންނަމަވެސް މަޖިލީހުގައި ނެގެމުންދިޔަ ނިޒާމީ ނުކުތާ ތަކާމެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާކުރައްވައި ގޮތްތަކެއް ނިންމެވުމަށް އިތުރު ވަގުތު ބޭނުންވާތީ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 މާޗް 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

01 ޖުމާދުލްއައްވަލް shahid1434

13 މާރޗް 2013