އިންޑިއާއަށް ދިވެހިރާޖެއިން ކަނޑައެޅުއްވި ސަފީރު ހިޒް އެކްސެލެންސީ މުޙަންމަދު ނަޞީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

DSC_0223އިންޑިއާއަށް ދިވެހިރާޖެއިން ކަނޑައެޅުއްވި ސަފީރު ހިޒް އެކްސެލެންސީ މުޙަންމަދު ނަޞީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވުނު މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ހިޒް އެކްސެލެންސީ މުޙަންމަދު ނަޞީރަކީ ޚާރިޖީ ދާއިރާގައި ގިނަގުނަ ތަޖުރިބާ ތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި މުޙަންމަދު ނަޞީރުގެ ސަފީރު ކަމުގައި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރައީސާ ބައްދަލުކޮށްލެއްވި ކަމަށްޓަކައި ސަފީރަށް މަޖިލީހުގެ ރައީސް ޝުކުރު ދެންނެވިއެވެ.