މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ހއ.ދިއްދޫ / އާލިއާ، މުޙައްމަދު އަސްލަމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

Jalsa Miadhuމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ހއ.ދިއްދޫ / އާލިއާ، މުޙައްމަދު އަސްލަމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

 މިނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 59 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްގައިވާ ދީފައިވާ ތަރުތީބުން ވޯޓަށް އައްސަވާފައިވުމާއެކު މިނަންފުޅު ފާސްވުމުން އިތުރު ނަންފުޅަކަށް ވޯޓަށް އައްސަވާ ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 މާޗް 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

24 ރަބީޢުލްއައްވަލް 1434

05 މާރޗް 2013