ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޢާއްމުންގެ ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު 7 މާޗް 2013 އަށް އަވަސް ކުރައްވައިފި

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެކިފަރާތްތަކުން އެދެމުން ދިއުމާއެކު ބިލުގެ ދެލިކޮޕީއާމެދު ޢާއްމުންގެ ޚިޔާލު ހުށަހެޅުއްވުމަށް ހުޅުވާލައްވާފައިވާ ފުރުޞަތު 7 މާޗް 2013 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް އަވަސް ކުރައްވައިފިއެވެ.

މިބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މާރޗް މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެބިލުގެ މަސައްކަތް ކުރައްވާ ކޮމިޓީން އެދިވަޑައިގެންފައިވެއެވެ.

މިބިލުގެ ދެލިކޮޕީ ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފެނިވަޑައިގަންނަވާނޭހެން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ހިމަނާފައިވާނެއެވެ.