ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން އެ މަސައްކަތް ކުރެއްވުމަށްފަހު ތައްޔާރު ކުރައްވާފައިވާ އެބިލުގެ ދެލިކޮޕީއާމެދު ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން އެ މަސައްކަތް ކުރެއްވުމަށްފަހު ތައްޔާރު ކުރައްވާފައިވާ އެބިލުގެ ދެލިކޮޕީއާމެދު ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ނިންމަވައިފިއެވެ.

މިބިލުގެ ދެލިކޮޕީ ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފެނިވަޑައިގަންނަވާނޭހެން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ހިމަނާފައިވާނެއެވެ.

މިބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އަންނަ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އެ ޚިޔާލުތައް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެބިލުގެ މަސައްކަތް ކުރައްވާ ކޮމިޓީން އެދިވަޑައިގެންފައިވެއެވެ.