ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރައްވަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، ނުވަތަ ޤާނޫނާއި ގަވައިދާ ޚިލާފަށް މެންބަރަކު ކަމެއް ކުރައްވައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަމެއްބަލައި، ތަޙްޤީޤުކޮށް ގަވައިދާ ޚިލާފުވި މެންބަރަކު ނުވަތަ މެންބަރުންނާމެދު އަޅަންވީ އިޞްލާޙީ ފިޔަވަޅުތަކުގެ ލަފާ މަޖިލީހުގެ ރައީސަށް އެރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގައިވާ ގޮތުގެމަތީން ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މެންބަރުންނާ ބެހޭގޮތުން ކުރެވޭ މިބާވަތުގެ ތުހުމަތުތަކުގެ މައްސަލަތައް މަޖިލީހުގެ ރައީސްވަނީ ސުލޫކު ކޮމިޓީއަށް ފޮނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިޔެފައެއް ނުވެއެވެ.
19 ރަބީޢުލްއައްވަލް 1434
31 ޖެނުއަރީ 2013