ތިލަފުށި ކޯޕަރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

CHR_0706މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އަދި ކުންފުނީގެ ލީގަލް ޓީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އިން ހެވީ ލޯޑްއާއި ޙަވާލުކޮށްގެން ހިންގެވި ބިންހިއްކުމުގެ މަޝްރޫޢާއި ގުޅޭގޮތުންނާއި، ތިލަފުށިން ބިންދޫކުރުމުގައި އަމަލުކުރަމުންދާ އުޞޫލުތަކާއި ގުޅޭގޮތުންނާއި އަދި ކުންފުންޏާއި ގުޅޭ އެހެނިހެން ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.