ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ހެނދުނު ބޭއްވުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 1 ވަނަ ބައްދަލުވުމުގައި، ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދަވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާ ގުޅޭގޮތުން، މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، މިރިޕޯޓާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާންތައް ކޮމިޓީގެ ބޭނުމަށް ފޮނުއްވާފައި ނުވާތީ އެކަމާގުޅޭގޮތުން، މަޝްވަރާކުރެއްވިއެވެ.

އަދި ކޮމިޓީގެ ފަރާތުން، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާބެހޭގޮތުން މަޢުލާމާތު ސާފުކުރެއްވުމަށް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު ނިލާމް އާއި ކުރީގެ އިންޓަރލިޖެންސް ޗީފް މުޙަންމަދު ޙަމީދުއާވެސް މިއަދު މެންދުރުފަހު ބައްދަލުކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހަންމަދު ޞާލިޙް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ.