އިޤްތިޞާދީ ކޮމިޓީގެ 44 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 44 ވަނަ ބައްދަލުވުމުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ މަސައްކަތްވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްގެންދެވިއެވެ. މިގޮތުން، ބިލުގެ 46 ވަނަ މާއްދާ އިން ފެށިގެން ބިލުގެ ނިޔަލަށް ދިރާސާކުރައްވާފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުނުކުރައްވާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާފައިވާ ‘ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު’ އަލުން ދިރާސާ ކުރެއްވުމުގެ މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ފައްޓަވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.