ގަވާއިދު ކޮމިޓީގެ 32 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި، ދުންފަތުގެ އިސްތިއުމާލު ކުރުންމަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ހެލްތްގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިސީޒްގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފްއެވެ.