ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ 28 ވަނަ އަދި 29 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ބަޖެޓް ކޮމިޓީގެ 28 ވަނަ ބައްދަލުވުމުގައި 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުން އުނިކުރެވެން ހުރި އައިޓަމްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާ، މިކަމުގައި އެކި ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގެންފައިވެއެވެ.

އަދި މެންދުރުފަހު ބޭއްވުނު އެ ކޮމިޓީގެ 29 ވަނަ ބައްދަލުވުމުގައި، ޕީ.އެސް.އައި.ޕީ އަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުއްވުންތައް ބަލައިގެންފައިވެއެވެ. އަދި މި ހުށަހެޅުންތައް އިތުރަށް ދިރާސާ ކުރެއްވުމަށް ސަބްކޮމިޓީއެއް އެކުލަވާލުމަށް ހުށަހެޅުއްވުމުން، މި ހުށަހެޅުން 11 ވޯޓުން ވަނީ ފާސްވެފައެވެ.

އަދި ބަޖެޓް ދިރާސާކުރައްވާ ނިންމަވާ، ކޮމިޓީން އެކުލަވާލައްވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ފޮނުއްވުމުގެ ސުންގަނޑީގެ ގޮތުގައި 22 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަސް ކަނޑައެޅުއްވުމަށް ހުށަހެޅުއްވުމުން، މި ހުށަހެޅުން 13 ވޯޓުން ވަނީ ފާސްވެފައެވެ.

މިއަދު ކޮމިޓީތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،  ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.