އަލްފާޟިލް ޤާސިމް އިބްރާހިމަށް އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް އެންޓަރޕްރިނިއޯޝިޕް ލިބިވަޑައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އަލްފާޟިލް ޤާސިމް އިބްރާހިމަށް އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް އެންޓަރޕްރިނިއޯޝިޕް ލިބިވަޑައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ގާސިމް އިބްރާހީމަށް ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ރިޢާޔަތްކުރައްވައި، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް އެންޓަރޕްރިނިއޯޝިޕް ލިބިވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފޮނުއްވި ސިޓީފުޅުގައި، އެމަނިކުފާނު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީ ނުހަނު ފާޅުކަން ބޮޑު ގޮތެއްގައި ޤައުމާއި ރައްޔިތުންނަށް އެކަމުގެ ފައިދާކުރަމުންދާ ޚިދުމަތްތަކެއްކަމަށް ވިދާޅުވެފައިވެއެވެ.