އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 1 ގެ 4 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މިއަދުގެ ބައްދަލުވުމުގައި، “މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލު” ދިރާސާކުރުން އެޖެންޑާ ކުރެވުނު ނަމަވެސް މި ބިލާގުޅޭ ގޮތުން ސަރުކާރުގެ ވުޒާރާތަކުން ކޮމެންޓް ފޮނުވާފައި ނުވުމާއެކު، ކޮމިޓީ ދިރާސާކުރައްވަމުން ގެންދަވާ “އިޖްތިމާއީ ރައްކާތެރިކަމުގެ ބިލު” ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އެހެން ނަމަވެސް މި ބިލަށް އެޓާރނީ ޖެނެރަލް އޮފީހުގެ ކޮމެންޓް ފޮނުވާފައި ނުވުމާއެކު މި ބިލު ބެއްލެވުމުގެ މަސައްކަތް ވެސް ފަސްކޮށްލެއްވުމަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.