ިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި، ދުންފަތުގެ އިސްތިއުމާލު ކުރުންމަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތްގެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ގަވައިދަށް ހުށަހެޅިފައިވާ އިޞްލާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑާ ބައްދަލުކުރެއްވުމަށެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ.