މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ 2 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިބައްދަލުވުމުގައި، ކޮމިޓީން މަޝްވަރާކޮށް ނިންމަވާފައިވަނީ، އެމް.އެމް.އޭ، މީރާ އަދި އޮޑިޓަރޖެނެރަލް ގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކޮށް އެ މުއައްސަސާތަކުގެ އިދާރީ ހިންގުމާއި ވަޒީފާގެ އޮނިގަނޑާއި އިދާރާ ހިންގުމުގައި ދިމާވާ މައްސަލަތަކާ، ގުޅޭ މަޢުލޫމާތުތައް ސާފުކުރެއްވުމަށެވެ. މިގޮތުން، މިމުއައްސަސާތަކުގެ ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.
މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ އަށް ވަޑައިގެންނެވި މެންބަރުންނަކީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒުއެވެ.