މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 67 ވަނަ ބައްދަލުވުމުގައި، ރާއްޖޭގައި 1،500 ހައުސިންގް ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނުގެ މަޢުލޫމާތާއި ބަދަލުވެފައިވާ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޓީއަށް ފޮނުއްވާފައިވާތީ، މި މައްސަލައާ މެދު ކޮމިޓީގައި މަޝްވަރާކުރެއްވުން ކުރިއަށްގެންދެވިއެވެ. އަދި އިތުރު މަޢުލޫމާތު ކޮމިޓީއަށް ފޮނުއްވުމަށް އެދިވަޑައިގަތުމަށް ނިންމެވިއެވެ.
މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ.
