މިއަދު ބޭއްވުނު 2013 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ދެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދުއާ ބައްދަލުކުރައްވައި، ހުށަހެޅިފައިވާ 2013 އަހަރުގެ ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރައްވައިފިއެވެ.
މިގޮތުން 2013 ވަނަ އަހަރު ހިންގުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާއި، މަޝްރޫއުތަކާއި، މުސާރައާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރއާ ސުވާލުކުރެއްވުމަށް ކޮންމެ މެންބަރަކަށް 5 މިނިޓެގެ ފުރުޞަތެއް އެރުވިއެވެ. އަދި އިތުރު ސުވާލުކުރެއްވުމަށް 3 މިނިޓްގެ ވަގުތެއް އެރުވިއެވެ.
މިއަދުގެ ކޮމިޓީ ދެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދުއެވެ.