ބޯރޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ އަލުން ދިރާސާކުރެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 66 ވަނަ ބައްދަލުވުމުގައި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ހިންގަވާފައިވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމްކުރުމުގެ މަޝްރޫޢާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އެގޮތުން މި މަޝްރޫޢު ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާނޭ ފަދައިން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ފޮނުއްވާފައިވާ މަޢުލޫމާތު ބެއްލެވުމަށްފަހު، މި މައްސަލަ އަލުން ކޮމިޓީން ދިރާސާކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.