އިމްތިޔާޒު ކޮމިޓީ އާއި އިމްތިޔާޒް ބިލް ދިރާސާ ކުރައްވާ ކޮމިޓީ އާ އައި.ޕީ.ޔޫގެ ވަފްދު ބައްދަލުކުރައްވައިފި

ރާއްޖެ މިހާރު ވަޑައިގެންއުޅުއްވާ އައި.ޕީ.ޔޫގެ ވަފްދު އިމްތިޔާޒު ކޮމިޓީ އާއި އިމްތިޔާޒް ބިލް ދިރާސާ ކުރައްވާ ކޮމިޓީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެވެ. ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުންނެވީ ޗުއްޓީގައެވެ.

22 ނޮވެމްބަރ 2012