މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 47 ވަނަ ބައްދަލުވުން ބާއްވަވައިފި

ސިޔާސީ ޕާޓީގެ ބިލާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައްދަލުކުރައްވަން އެދިލައްވާފައިވާތީ އެބޭފުޅުންނާ މިއަދު މިނިވަން މުއައްސަސާގެ ކަންތައްތަކާބެހޭ ކޮމިޓީގެ ފަރާތުން ބައްދަލުކުރެއްވިއެވެ.

މިއަދުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިންއެވެ.