ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އާންމުގެ ތެރެއިން ކުރިމަތި ލެއްވެވި ފަރާތްތަކާއި އިންޓަރވިއު ކުރެއްވުމަށް ހޮއްވެވި ޤައުމީ ސަލާމަތުގެ ސަބް – ކޮމިޓީގެ ބައްދަލުވުން ބާއްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އާންމުގެ ތެރެއިން ކުރިމަތި ލެއްވެވި ފަރާތްތަކާއި އިންޓަރވިއު ކުރެއްވުމަށް ހޮއްވެވި ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް – ކޮމިޓީގެ ބައްދަލުވުން ބާއްވައިފިއެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި،  2 ފަރާތަކާއި އިންޓަރވިއުކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވިއެވެ.