ބީ.އެމް.އެލްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މާލިއްޔަތު ކޮމިޓީން ބައްލަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 63 ވަނަ ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ 2007 ވަނަ އަހަރު ގެ އޮޑިޓް ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ. އެގޮތުން އެ ރިޕޯޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ބައްލަވާ، އެ ރިޕޯޓަށް ބައެއް އިޞްލާޙްތައް ހުށަހަޅުއްވާފައިވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.

 އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ މިއަދުގެ ބައްދަލުވުމަށް ވަޑައެއްނުގަންނަވައެވެ.