ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ރާއްޖެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ހަރ އެކްސަލަންސީ މެޑަމް ޗެން ޒިލީ ( H.E Madam (Chen Zhili މިއަދު ރާއްޖެއަށްވަޑައިގެންފިއެވެ.

އެކަމަނާ ރާއްޖެވަޑައިގަތުމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުޙަބާ ދަންނަވައި އިސްތިޤްބާލް ކުރެއްވެވީ މޯލްޑިވްސް ޗައިނާ ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރމަން ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ އެކަމަނާ މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމަނާ ރާއްޖެ ކުރައްވާ މިޒިޔާރަތަކީ މިމަހު 18 ން 21 އަށް ކުރައްވާ ރަސްމީ ޒިޔާރާތެކެވެ.

04 މުޙައްރަމް 1434

18 ނޮވެމްބަރ 2012