އިމްތިޔާޒް ކޮމިޓީގެ 19 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވެވި އިމްތިޔާޒް ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭ ފަދަ ގޮތަށް 25 މާޗް 2010 ވީ ބުރާސްފަތިދުވަހުގެ ރޭ، މަސްލަހަތަށްޓަކައި ފުލުސް އޮފީހަށް ހާޒިރުކުރައްވަނީ ކަމަށް ބަޔާންކޮށް، މަޖިލީހުގެ 3 މެންބަރަކު ދޫނިދޫއަށް ގެންގޮސް 5 ގަޑިއިރެއްހާއިރު އެތާނގައި ބޭއްތިއްބާ، ހައްޔަރުކުރެވިފައިވާ މީހުންނާމެދު ޢަމަލުކުރެވޭ ބީދައިން ކަންކޮށްފައިވާތީ، މި ކަން ހިނގާފައިވާގޮތް ސާފުކުރުމަށް ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ކޮމިޓީއަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ކޮމިޓީއަށް ހާޒިރުވިއެވެ.

މެންބަރުން މިމައްސަލައާއި ގުޅިގެން ސާފުކުރަން ބޭނުންވެވަޑައިގަތް ކަނަތައްތަކަށް އެބޭފުޅުން ޖަވާބު ދާރީވެ ވަޑައިގަތެވެ. އެއަށްފަހު ކޮމިތީ ނިންމަވާލެއްވީ މި މައްސަލަ ހިގާފައިވާ ގޮތުގެ ފުރިހަމަ ރެކޯޑް ބެއްލެވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް 10   ދުވަހުގެ މުއްދަތު ދިނުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.

ވަޑައިނުގަންނަވަނީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީއެވެ.

.