17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 81 ވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތައް ހަމަޖައްސަވައިފި

މިއަދު 9:00 ގައި އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 80 ވަނަ ޖަލްސާ ފެއްޓުމަށްފަހު އެޖެންޑާ ނަންބަރު 2 ކުރިއަށް ގެންދިޔުމުގައި ރިޔާސަތުން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުން ކުރިއަށް ގެންދެވުމުގައި މީގެ ކުރިން ބޭއްވުނު ދެ ޖަލްސާގައިވެސް ނިޒާމް ގެއްލި ޖަލްސާ ކުރިއަށް ގެންދިޔުމަށް ދަތިވެފައިވާތީ މިކަންމަށް ޙައްލެއްގެނައުމަށްޓަކައި ޕާޓީތަކާއި މަޝަވަރާކުރުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި ޖަލްސާ ކުރިއަށް ގެންދަވާގޮތަށް ޖަލްސާ ނިމަވާލެއްވީ ކަމުގައެވެ. މެންދުރުފަހު ޖަލްސާ ބާއްވާގޮތަށް އިޢުލާން ކުރެއްވިނަމަވެސް ފަހުން ނިންމެވީ މިއަދުގެ ހަވީރު 16:00ގައި ޖަލްސާ ބާއްވާގޮތަށެވެ. މިއަދު ދެ ފަހަރެއްގެ މަތިން ބޭއްވޭތޯ މަސައްކަތްކުރި މަޖިލީހުގެ ޖަލްސާ މިހާރުވަނީ މިއަދު ނުބާއްވާ ގޮތަށް ނިންމަވައި މާދަމާގެ ހެނދުނު 9:00 ގައި ބާއްވާގޮތަށް ހަމަޖައްސަވައިފައެވެ.