ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގައި ނެގޭ ވޯޓު ސިއްރުކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހޯމަ ދުވަހު އޮންނަ ޖަލްސާއަށް އެޖެންޑާކުރައްވާގޮތަށް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގައި ނެގޭ ވޯޓު ސިއްރުކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް 19 ނޮވެމްބަރ 2012 ވާ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރައްވާގޮތަށް ނިންމަވައި، އެކަން މެންބަރުންނަށް މިއަދު އަންގަވައިފިއެވެ.

މިމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (h) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ޢާންމު ކޮމިޓީގެ ރިޕޯޓްގައި ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލާގައާއި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަންޖެހޭ ހާލަތްތަކުގައި ނަގާނީ ސިއްރު ވޯޓެކެވެ.

27 ޛުލްޙިއްޖާ 1433

12 ނޮވެމްބަރ 2012