ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިރޭ ބާއްވައިފިއެވެ.

މިރޭގެ ބައްދަލުވުމުގައި، ބިލުގައި އަދަބުތައް ކަނޑައެޅުމުގެ މާއްދާތަކަށް އިޞްލާޙު ގެންނެވުމަށްފަހު، ނިންމަވާފައިވަނީ ދެން އޮންނަ ސަބް ކޮމިޓީގެ ބައްދަލުވުމެއްގައި، ބިލަށް ގެނެވުނު އިޞްލާޙުތަކާއެކު ބިލު ބައްލަވައި ނިންމެވުމަށެވެ.

މިރޭގެ ބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންވެސް ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.