މުޅި މަޖިލީހުގެ ސަބް-ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބާއްވައިފި

މުޅި މަޖިލީހުގެ ސަބް-ކޮމިޓީގެ 10 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ފަރުދުންގެ އާންމުދަނީން ޓެކްސް ނެގުމުގެ ބިލުގެ ސުންގަނޑިއެއްކަމަށް 30 އޭޕްރީލް 2013 ކަމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ވަނީ ނިންމަވާފައެވެ. އަދި މިބިލަށް، ކޮމެންޓް ހުށަހެޅުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިމަހުގެ ނިޔަލަށް ފުރުޞަތު ދިނުމަށް ނިންމަވާފައިވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ، މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ. ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ ހުންނެވީ ޗުއްޓީގައެވެ.