“އަންހެނުންނަށް ލުއި ލޯން ދޫކުރުމުގެ ބިލު” އާގުޅޭގޮތުން ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީ 2 ން އެކުލަވާލި ޚުލާސާ ކަރުދާހާއި ބެހޭ ގޮތުން މައި ކޮމިޓީގައި މަޝްވަރާކުރައްވައިފި

ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީ 2 އިން އެކުލަވާލި “އަންހެނުންނަށް ލުއި ލޯން ދޫކުރުމުގެ ބިލު” ގެ މަސައްކަތް ހިނގި ގޮތުގެ ޙުލާސާ ކަރުދާސް މައި ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ބައްލަވައިފިއެވެ.

އެގޮތުން އެމް.އެމް.އޭއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ގެ ބޭފުޅުންނާއި ކޮމިޓީން ބައްދަލުކުރައްވާ، ބިލާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސެން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދުއެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުއާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ވަޑައެއް ނުގަންނަވައެވެ.