ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ 17 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ. ބިލުގެ 614 ވަނަ މާއްދާއާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓް އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހު އެ މާއްދާއާ އިސްލާޙް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ 614 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދަށް ވަނުމާއި ބެހޭގޮތުންނެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްފަހުމީ، އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު ޢަބޫބަކުރު އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްރަޙީމް ޢަބްދުﷲ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.
ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ހުންނެވީ ޗުއްޓީގައެވެ.