ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ކޮންފަރެންސްގެ މިއަދުގެ ބައްދަލުވުމުގައި މެންދުރުކުރީގެ 2 ވަނަ ސެޝަންގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަލަހައްޓަވައިފި

6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސް މިއަދު ބޭއްވި ބައްދަލުވުމުގައި މެންދުރުކުރީގެ 2 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް  އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ. މިއަދުގެ ބައްދަލުވުމުގެ މެންދުރު ކުރީގެ 2 ވަނަ ދަންފަޅީގައި މެންބަރުން މަޝްވަރާކުރައްވައި ޚިޔާލުބަދަލުކުރައްވާފައިވަނީ “މީނިންގފުލް ޕާޓިސިޕޭޓަރީ ޑިމޮކްރަސީ އިން ސައުތް އޭޝިޔާ – ޕާލަމަންޓްސް އެފަރމެޓިވް އެކްޝަންސް” މި މައިގަނޑު މަޢުލޫގެ ދަށުން ހުށައެޅުން 03 ކަރުދާހެއްގެ މައްޗަށެވެ.

މި މައިގަނޑު މަޢުލޫއަށް ކަރުދާސް ހުށައެޅުއްވީ އިންޑިޔާގެ ލޮކް ސަބާ ސްޕީކަރ ޝްރީމަތީ މެއިރާ ކުމާރު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް  އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ސްރީ ލަންކާ ޕާލިމަންޓްގެ ޑެޕިއުޓީ ސްޕީކަރ ޗަރްމިންދާ ވީރަކޮޑީއެވެ.