6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގައި ބޭއްވި ކައުންސިލް އޮފް ސްޕީކަރސްއިން 6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގެ ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮއްވަވައިފި

6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގައި ބޭއްވި ކައުންސިލް އޮފް ސްޕީކަރސްއިން 6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގެ ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް  އަލްފާޟިލް ޢަބްދުﷲ ޝާހިދު ހޮއްވަވައިފިއެވެ.

އިއްޔެ ބޭއްވި ބޭއްވި ކައުންސިލް އޮފް ސްޕީކަރސްގެ ބައްދަލުވުމުގައި ސާރކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވި ސްޕީކަރުންވަނީ މެހެމާނުން ސޮއެ ކުރައްވާ ފޮތުގައި ސޮއެ ކުރައްވާފައެވެ.

6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގެ ރައީސްގެ ގޮތުގައި ހޮއްވަވާފައިވަނީ ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ހާމިދު މިރްޒާއެވެ.

6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސް މި ހިނގާ ނޮވެމްބަރ މަހުގެ 4-6 ކުރިއަށްދާނެއެވެ.