މިނިވަން މުއައްސަސާތަކުގެ ކަންކަމާބެހޭ ކޮމިޓީގެ 39 ވަނަ ބައްދަލުވުން ބާއްވައިފި

މިނިވަން މުއައްސަސާތަކުގެ ކަންކަމާބެހޭ ކޮމިޓީގެ 39 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި،  ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީ ކުރުމުގައި އިނގިލީގެ ނިޝާނަށް ބަލާ ނިޒާމަށް އަމަލުކުރަން ފެށިފަހުން ގިނަ އަދަދެއްގެ ފޯމު ބާތިލުކުރަމުންދާ މައްސަލައާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ  މެންބަރުންނާ ކުރެވުނު މަޝްވަރާގެ މައްޗަށް ބިނާކޮށް، އެކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި މިމައްސަލައާއި ބެހޭގޮތުން ކޮމިޓީގެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތަކާއިމެދު ގޮތެއް ނިންމެވުން ދެން އޮންނަ ބައްދަލުވުމެއްގައި ކުރިއަށްގެންދެވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ޣަފޫރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ޙުސައިން، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.