މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 34 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ކުރިއަށްގެންދެވި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި، ސިޔާސީ ޕާޓީތަކުގެ ބިލާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.

މީގެ އިތުރުން ކޮމިޓީއިން ސަބް-ކޮމިޓީތައް އެކުލަވާލުމާއި އެ ސަބް-ކޮމިޓީތަކަށް މަސައްކަތް ހަވާލުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އަދި ކަނޑިތީމު ދާއިރާގެ މެންބަރު މޫހައްމަދު ޙުސައިންނެވެ.

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުންނެވީ ޗުއްޓީގައެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ސަލާމުގައި ހުންނެވިއިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ޣަފޫރު ކޮމިޓީ ބައްދަލުވުމަށް ވަޑައެއްނުގަންނަވައެވެ.