މިހާރު ކެނެޑާގެ ކެބެކް ސިޓީގައި ކުރިއަށްދާ އައި.ޕީ.ޔޫގެ 127 ވަނަ އެސެންބްލީގައި ބައިވެރިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުން އައި.ޕީޔޫގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.
22 އޮކްޓޯބަރ 2012 ގައި ބޭއްވި މި ބައްދަލުވުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާސިލް އަޙްމަދު ނާޒިމްއެވެ. އަދި އައި.ޕީ.ޔޫގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މރ. މާޓިން ޗުންގޮންއެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ އައި.ޕީ.ޔޫއިން ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ އިދާރާއަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީތަކާއި ބެހޭގޮތުންނެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، ހޭލުންތެރިކުރުމުގެ ވަރކްޝޮޕް ރާއްޖޭގައި ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.