މިިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 33 ވަނަ ބައްދަލުވުން

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މިއަހަރުގެ 33 ވަނަ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީ ކުރުމުގައި އިނގިލީގެ ނިޝާނަށް އަމަލުކުރާ ބަލާ ނިޒާމަށް އަމަލުކުރަންފެށިފަހުން ގިނަ އަދަދެއްގެ ފޯމު ބާތިލުކުރަމުންދާ މައްސަލައާއި ގުޅިގެން އިލެކްޝަންކޮމިޝަންގެ މެންބަރުންނާ ކުރެވުނު މަޝްވަރާގެ މައްޗަށް ވާހަކަ ދެއްކުނެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަޑައިނުގަންނަވައެވެ.

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދް ހުންނެވީ ޗުއްޓީގައެވެ.