ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ކުރިއަށް ގެންދެވުނީ އައި.ޕީޔޫގެ ފަރާތުން އިމްތިޔާޒްގެ ބިލަށް ފޮނުއްވާފައިވާ ޚިޔާލު ތަކުގެ ތެރެއިން ކޮމިޓީއަށް ފެނިވަޑައިގަންނަވާ ޚިޔާލުތައް ބިލުގައި ހިމެނުމުގެ މަސައްކަތާއި އަދި ބިލުގެ 21 ވަނަ މާއްދާއިން ފެށިގެން ވަކިވަކި މާއްދާތައް ސަބް-ކޮމިޓީގެ މެންބަރުންގެ ޚިޔާލުފުޅުތަކާއި އެއްގޮތަށް އިޞްލާޙުކުރެއްވުމެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންވެސް ޙާޒިރުވެވަޑައިގެންނެވިއެވެ. އެއީ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.