ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވ ކޮންފަރަންސް ނެޝަނަލް ކޮމިޓީގެ މެންބަރ އޮފް ސްޓޭންޑިން ކޮމިޓީ އެންޑް ޗެއާމަން އޮފް ފޮރިން އެފެއާޒް ކޮމިޓީ ހިޒް އެކްސެލެންސީ މރ. ޝައޯ ޗިޒެންގ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު 11:00 ގައި މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ އިޙްތިރާމާއި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. ރާއްޖެއާއި ޗައިނާ ދެމެދު އުފެދިފައިވަނީ ވަރަށް ތާރީޙީ ގުޅުމެއް ކަމަށް ވިދާޅުވެ، ދެ ޤައުމު ދެމެދު ގުޅުން ބަދަހިވިތާ 40 އަހަރު ފުރިފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ދެ ޤައުމު ދެމެދު އޮންނަ ގުޅުން ބަދަހިވަމުން ގޮސްފައިވާ ގޮތުގެ މައްޗައް އަލިއަޅުވާލައްވާ ހިޒް އެކްސެލެންސީ މރ. ޝައޯ މރ. ޝައޯ ޗިޒެންގ ދެއްކެވި ވާހަކަފުޅުގައި، މި ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީއާއި، ކުރިއެރުންތަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
