127 އައި.ޕީ.ޔޫގެ ޖެނެރަލް އެސެމްބްލީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދު ބައިވެރިވަޑައިގެންފި

އިންޓަރ-ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 127 ވަނަ އެސެންބްލީ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ  ވަފުދު ބައިވެރިވަޑައިގެންފިއެވެ. 21 އޮކްޓޯބަރ 2012 ވީ އާދިއްތަ ދުވަހު ކެނެޑާގެ ކެބެކް ސިޓީގައި ބޭއްވެވި މި ރަސްމިއްޔާތު ރަސްމީކޮށް ހުޅުއްވައިދެއްވީ ކެނެޑާގެ މިރަސްމިއްޔާތު ތަސްމީކޮށް ހުޅުއްވައިދެއްވީ ކެނަޑާގެ ގަވަރނަރ ޖެނެރަލް މރ. ޑޭވިޑް ޖޯންސްޓަންއެވެ.

އޮކްޓޯބަރ 26ގެ ނިޔަލަށް ކުރިއަށްދާ މި އެސެންބްލީގެ މައިގަނޑު މަޢުސޫއަކީ “ބަވަނަވެފައިވާ ދުނިޔެއެއްގައި ސިޓިޒަންޝިޕާއި، އަމިއްލަވަންތަކަމާއި، ބަހާއި، ސަޤާފީ ތަފާތުތަކެވެ.”

އައި.ޕީ.ޔޫގެ މި އެސެންބްލީގައި 130 މެންބަރު ޤާނޫނުހަދާ މަޖިލިސްތަކުން 1300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

އައި.ޕީ.ޔޫ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން އުފައްދައި އާލާކުރުމުގެ ހިޔާވައްސެވެ. އެ ޖަމްޢިއްޔާއަކީ ފަރުދުންގެ މެދުގައި ސުލްޙައާއި އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ރައްޔިތުންގެ ތަމްސީލުކުރެވޭ ގޮތަށް ސަރުކާރުތަކާއި، ދައުލަތުގެ ނިޒާމުތައް ހިންގުމުގެ މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ.