މިއަދުގެ އިޤްތިޞާދީ ކޮމިޓީގެ 27 ވަނަ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިބިލު 5 ވަނަ ބާބުގެ 16 ވަނަ މާއްދާގެ (ހ) އިން ފައްޓަވައިގެން 16 ވަނަ މާއްދާގެ (ނ)ގެ ނިޔަލަށް ބައްލަވާފައިވެއެވެ.
އިޤްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ފުނަދޫ ދާއިރާގެ މެންބަރ ޢަލީ ސަލީމް ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ހުންނެވީ ޗުއްޓީގައެވެ.