ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން ހިންގާފައިވާ 24 މިލިޔަން ރުފިޔާގެ ޚިޔާނާތާއި ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރައްވައިފި

މިއަދު ކުރިއަށްގެންދެވި މާލިއްޔަތު ކޮމިޓީގެ 54 ވަނަ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން ހިންގާފައިވާ 24 މިލިޔަން ރުފިޔާގެ ޚިޔާނާތާއި ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓާއި މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.

18 އޮކްޓޯބަރ 2012