މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކާ ހޮއްވެވި 1 ވަނަ ސަބް-ކޮމިޓީގެ 9 ވަނަ ބައްދަލުވުން މިއަދު ބޭއްވެވިއެވެ.
މި ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރައްވާ އެކުލަވާލައްވާފައިވާ ރިޕޯޓް ފާސް ކުރައްވާ، މައި ކޮމިޓީއަށް ފޮނުއްވިއެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވީ ސަބް-ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ.