ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޕިއޭރ ވައިސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ރާއްޖެއާ ބެލްޖިއަމްއާ ދެމެދު އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
