ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ޖިންސީ ކުށުގެ ބިލު މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކުރައްވައިފިއެވެ.
މި ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 60 މެންބަރުންނެވެ. އަދި ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.
މި ބިލު ބަލައިގަތުމާގުޅިގެން ބިލު ދިރާސާކުރެއްވުމަށްވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޮކްޓޯބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.
15 އޮކްޓޯބަރ 2012