ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (މ) ގެ ދަށުން އިތުރަށް ފުރިހަމަކުރެއްވުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ކޮމިޓީން ހުށަހަޅުއްވާފައިވާގޮތަށް ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމެވުމާގުޅިގެން ބިލު އިތުރަށް ފުރިހަމަކުރެއްވުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް ނިންމަވާފައިވަނީ ވޯޓަށް އައްސަވައި، 63 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވުމާ ގުޅިގެންނެވެ. 2 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޮކްޓޯބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.
15 އޮކްޓޯބަރ 2012