އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރައްވަން ހޮއްވެވި ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި އެ ބިލުގެ 24 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރައްވާ ނިންމަވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.