ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީ 2 ގެ 11 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މި ބިލުގެ 9 ވަނަ މާއްދާގެ (ބ) އިން ފެށިގެން އެ މާއްދާ ނިމުމުގެ ނިޔަލަށް ދިރާސާ ކުރައްވާ ނިންމަވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ސަބް-ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުއެވެ.